Last Updated: June 10, 20:48
Wednesday, June 10, 2026
މުނިފޫހިފިލުވުން

"ގުންޑޭ" އަންނާނީ އަންނަ އަހަރު

ޕްރިޔަންކާ ޗޯޕްޅާ އާއި ރަންވީރު ސިންގުގެ އިތުރުން އަރުޖުން ކަޕޫރު ލީޑް ރޯލް ކުޅޭ "ގުންޑޭ" މި އަހަރު ރިލީޒް ކުރާ ގޮތަށް ކުރިން ހަމަޖެއްސުމަށް ފަހު، އެ ފިލްމް އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ޔާޝްރާޖް އިން ޕްރޮޑިއުސް ކުރާ މި ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ވެލަންޓައިންސް ޑޭ އާ ދިމާކޮށް ފެބްރުއަަރީ މަހުގެ 14 ގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

"ގުންޑޭ" އަކީ ޔާޝްރާޖަށް މީގެ ކުރިން "މެރޭ ބްރަދާ ކީ ދުލްހަން" ޑައިރެކްޓްކޮށް ދިން އަލީ އައްބާސް ޒަފަރުގެ ދެވަނަ ޑައިރެކްޝަނެވެ.
ކޮލްކަޓާގައި މަންޒަރުތައް ނަގާ މި ފިލްމްގެ މުހިއްމު ރޯލަކުން އިރްފާން ހާން ވެސް ފެނިގެން ދާނެ އެވެ. އަދި މި ފިލްމްގައި ދައްކުވައި ދޭނީ 1970 ވަނަ އަހަރުގެ ތެރޭގައި ދެ އެކުވެރިންގެ މެދުގައި ހިނގާ ހާދިސާތަކެވެ.

"ގުންޑޭ" އަކީ "ޕިޔާރް އިމްޕޮސިބްލް" އަށް ފަހު ޕްރިޔަންކާ ޔާޝްރާޖަށް ކުޅޭ ދެވަނަ ފިލްމެވެ.