މެލޭޝިއާއަށް އެތެރެކުރަން އުޅުނު 1.187 ޓަނުގެ ކްރިސްޓަލް މެތްއެމްފެޓަމިން އެގައުމުގެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު 18 މިލިއަން އެމެރިކާ ޑޮލަރަށް އަރާ ނެކަމަށް އެގައުމުގެ ކަސްޓަމްސްގެ ޑިރެކްޓަރ ޖެނެރަލް ސުބްރޮމަނިއަމް މިމަހުގެ 28 ވަނަ ދުވަހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވިއެވެ.
މިއީ މިހާތަނަށް މެލޭޝިއާއިން އަތުލައިގަނެވުނު އެންމެ އަގު ބޮޑު އަދި އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތިކަމަށްވެސް ސުބްރޮމަނިއަމް ވިދާޅުވިއެވެ.
މިމައްސަލައިގެ ތުހުމަތުގައި ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ މެލޭޝިއާގެ ތިން މީހަކާއި މިޔަންމާރގެ ތިން މީހުންނެވެ. މިތަކެތި އެތެރެކޮށްފައިވަނީ މިޔަންމާރގެ ޔަންގޫންއިން މެލޭޝިއާގެ ޕޯޓް ކްލޭންގްއަށް ފޮނުވި ކޮންޓެއިނާ ޝިޕްމެންޓެއްގައެވެ. އަދި މިތަކެތި އެތެރެކޮށްފައިވަނީ ސައިފަތް ޕެކެޓުގައި ބަނދުކޮށްގެން ސައިފަތުގެ ގޮތުގައި ޑިކްލެއަރ ކޮށްގެންނެވެ.
މެތްއެމްފެޓަމިން އަކީ އޭޝިއާ ބައްރުގައި ހަލުވިކަމާއި އެކު އެ ބޭނުންކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ޑްރަގެކެވެ.. 2017 ގައި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް އިން ނެރުނު ޑްރަގާއިބެހޭ ރިޕޯޓެއްގައިވެސް މެތެމިންފެޓެމިންގެ ނުރައްކަލުގެ ވާހަކަށް ވަރަށް ބޮޑަށް އަލިއަޅުވާލާފައިވެއެވެ.