Last Updated: June 6, 19:03
Saturday, June 6, 2026
ޚަބަރު

ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހައިލަމް

، ފޮޓޯ: އަވަސް

ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް އަހްމަދު ހައިލަމް އައްޔަންކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައިލަމް އިސް ގާޒީކަމަށް އައްޔަނުކުރުމަށްް ނިންމީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެެ މަގާމުގައި ހުންނެވި އަބްދުލް ބާރީ ޔޫސުފް ކުޑަކުދިންގެ ކޯޓަށް ބަދަލު ކުރުމާއި ގުޅިގެން އެމަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވީ ގާޒީ އާދަމް އާރިފެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އަހްމަދު ހައިލަމް އައްޔަންކުރި އިރު އޭނާ އަކީ ސިޔާސީ ފަރާތްތަކުގެ އިތުރުން އާއްމު ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ގާޒީއެކެވެ.