އދ. މާމިގިލީގައި ހަށިވިއްކަމުން ދިޔަ ގްރޫޕެއް ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ރޭ މާމިގިލީގަިއ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް އެގޭގެ ތެރޭގައި ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފައިވާކަމަށެވެ.
ފުލުހުން ބުނީ ރޭގެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ބިދޭސީ ފިރިހެނަކާއި ހަތަރު ދިވެހި ފިރިހެނުންގެ އިތުރުން ދިވެހި ދެ އަންހެނުންކަމަށެވެ.
ފުލުހުން ބުނީ މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މާމިގިލި ކޯޓަށް ހާޒިރުކުރުން އެންމެންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހްގީގު ކުރަމުންނެވެ.