Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ޒަކާތު ފަންޑުން ދޭ ސްކޮލާޝިޕްތަކަށް ހުޅުވާލައިފި

ޒަކާތު ފަންޑުން ދިނުމަށް ހަމަޖެހިފައިވާ 73 ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލާއިފިއެވެ.

މި ފަހަރަު މި ހުޅުވާލެނު 73 ސްކޮލާޝިޕްގެ ތެރެއިން 40 އިންސަންތަ އަކީ އިސްލާމްދީނާއި ގުޅުން ހުރި ސްކޮލާޝިޕްތައް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އަނެއް 60 އިންސައްތަ ފުރުސަތު ތަކަކީ އެކިއެކި އެހެން ދާއިރާ ތަކަށް ހުޅުވާލެވޭ ފުރުސަތުތައް ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ސްކޮލާޝިޕް ދިނުމަށް ޒަކާތު ފަންޑުން 10 މިލިއަން ރުފިޔާ ވަނީ ހަމަޖައްސަވާފައެވެ. މި ސްކޮލާޝިޕްތަކުގައި ބައިވެރިވެގެން ކިޔެވޭނީ އޭޝިޔާ ސަރަހައްދުތަކުގެ ޤައުމުތަކުގެ އިތުރުން މިސްރުގެ އަލްއަޒްހަރް ޔުނިވާސިޓީއިން ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ސްކޮލާޝިޕްތަކާބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒިޔާދު ވިދާޅުވީ ދީނީ ދާއިރާތަކުން މަތީ ތައުލީމް ހާސިލް ކުރުމަށް މީގެ ކުރިންވެސް މިފަދަ ފުރުޞަތު ދެއްވާފައިވާ ކަމަށެެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ޒަކާތު ފަންޑުން ސްކޮލާޝިޕް ދެމުން ގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފަހު ތާރީޚް ފަހުން އިޢުލާން ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.