Last Updated: June 26, 17:28
Friday, June 26, 2026
ޚަބަރު

ރަޝީދު ހެލްތަށް، މުހުސިން ހައުސިންއަށް، ހާފިޒު ޔޫތަށް

ހާފިޒާއި، އަބްދުލް މުހުސިނާއި، ހަސަން ރަޝީދު---

ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލު ގެންނަވައިފިއެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މިނިސްޓަރުގެ ނައިބުގެ މަޤާމަށް ފ.ނިލަންދޫ، ފިނިފެންމާގެ އަލްފާޟިލް ޢަބްދުލްމުޙްސިން ޙަމީދު، މިއަދު ޢައްޔަންކުރައްވައިފައެވެ.

ޢަބްދުލްމުޙްސިން ޙަމީދު މިހާތަނަށް ހުންނެވީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މިނިސްޓަރުގެ ނައިބުގެ މަޤާމުގައެވެ.

އަދި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް، މާފަންނު ޒިޔާރަތްދޮށުގެ އަޙްމަދު ޙާފިޡް އައްޔަންކުރެއްވިއިރު، މިނިސްޓްރީ އޮފް ހެލްތްގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަގާމަށް، މއ.އަނދުންކޮށީގެ އަލްފާޟިލް ޙަސަން ރަޝީދު ވެސް ވަނީ މިއަދު އައްޔަންކުރައްވާފައެވެ.

އަޙްމަދު ޙާފިޡް ކުރިން ހުންނެވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ނައިބުގެ މަޤާމުގައެވެ. އަދި ޙަސަން ރަޝީދު ކުރިން ހުންނެވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމުގައެވެ.