Last Updated: June 6, 19:03
Saturday, June 6, 2026
ޚަބަރު

"ނަޝީދާ ހެދި އެމްޑީޕީގައި ވެސް އޮތީ ކޯޅުން"

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އަމިއްލަ އެދުން ބޮޑުވުމުގެ ސަބަބުން އެމްޑީޕީގައި ވެސް އޮތީ ކޯޅުން ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

ޚަލީލު މިހެން ވިދާޅުވެފައި ވަނީ ކުރެއްވި ޓްވީޓެއްގައެވެ.

ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވާ ޚަލީލް ވިދާޅުވި ގޮތުގައި، އެއް ކެންޑިޑޭޓަކު އިދިކޮޅު ފަރާތްތަކަށް ނުނެރެވޭނެ ކަމަށް މީގެ ކުރިން ވެސް ޕީޕީޢެމްގެ ފަރާތުން ވާނީ ހާމަކޮށްފައި ކަމަށެވެ.

ޚަލީލް ވިދާޅުވި ގޮތުގައި ކޯޅުން އޮތީ ހަމައެކަނި ކޯލިޝަނުގައި ނޫން ކަމަށެވެ. އެގޮތުން އެމްޑީޕީ ބައިބައިވެ މިހާރު އޮތީ ޑީއާރްޕީ އާއި ނަޝީދު ފެކްޝަން ކަމަށެވެ.