Last Updated: June 10, 20:48
Wednesday, June 10, 2026
ރިޕޯޓް

"އިނގިލި" މޭ 16 ގައި

މަސައްކަތް ނިމިފައި އޮންނަތާ ގިނަ ދުވަސްތަކެއްވެފައިވާ އުންމީދީ ފިލްމް "އިނގިލި" އަންނަ މަހުގެ 16 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް ނިންމައިފި އެވެ.

މި ފިލްމްގެ ޓިކެޓް ވެސް މިހާރު ވަނީ ވިއްކަން ފަށާފަ އެވެ.

ކިޑްސް ޕްރޮޑަކްޝަން އިން އުފައްދައި ރަވީ ފާރޫގް ޑައިރެކްޓްކޮށްފައިވާ "އިނގިލި" ން ފެނިގެން ދާނީ އަބްދުﷲ މުއާޒް (މުއާ) އާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އެވެ.

ދޮޅު ގަޑި އިރުގެ މި ސަސްޕެންސް ތްރިލާގައި ދައްކުވައި ދޭނީ ވިއްސާރައެއްގައި މި ދެ މީހުންގެ މެދުގައި ހިނގާ ހާދިސާތަކެވެ. ޖިފްޓިގަނޑެއްގެ ތެރޭގައި މި ދެ މީހުން އެކަނި މާއެކަނި ތިބޭ އިރު، އެ ރޭ އެ ދެ މީހުންގެ މެދުގައި ހިނގާ އާދަޔާހިލާފް ހާދިސާތަކެއް ފިލްމުން ފެނިގެން ދާނެ އެވެ.

"އިނގިލި" ހަދާފައި ވަނީ ގައުމީ ވާހަކަ ލިޔުމުގެ މުބާރާތެއްގައި 14 އަހަރުގެ ކުއްޖަކު ލިއެފައިވާ "ހޮޅުއަށީގެ އެކުވެރިޔާ" އަސްލަށް ބިނާކޮށެވެ. މަހުދީ އަހުމަދު ސްކްރީންޕްލޭ ލިޔެފައިވާ "އިނގިލީ" ގެ މިއުޒިކް ޑައިރެކްޓަރަކީ މުހައްމަދު އިކްރާމް އެވެ.