Last Updated: June 6, 19:03
Saturday, June 6, 2026
ޚަބަރު

ފްރެންޑްސް ކްލަބާއި ޑީސީ މެޗް އެއްވަރު

ގޯދިއްޔާ ފުޓްސަލް ކަޕް2018ގައި ޑީސީ ސްޕޯޓްސް އާއި ފްރެންޑްސް ކްލަބް ކުޅުނު މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަހްމަދް ހުސައިން. އައްޑޫލައިވް ފޮޓޯ: ޒާހިލް

މިޓިސުބުޝީ ގޯދިއްޔާ ފުޓްސަލް ކަޕް 2018ގެ ގްރޫޕް ސީގައި މިރޭ ޑީސީ ސްޕޯޓްސް އާއި ފްރެންޑްސް ކްލަބް ބައްދަލުކުރި މެޗް 2-2 އިން އެއްވަރު ވެއްޖެއެވެ.

މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ ދެ ހާފުގައި ވެސް ކޮންމެ ޓީމަކުން ވެސް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ.

މިމެޗްގައި ފްރެންޑްސް ކްލަބުގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖާޒީ ނަންބަރު 13 އަހްމަދު ހުސައިނެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާއެވެ.

ޑީސީ ސްޕޯޓްސް ކްލަބުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ފަހުދުﷲ މުފީދު އާއި އަހްމަދު ތޮލާލެވެ.