ފެބްރުއަރީ 1 ވަނަ ދުވަހު ސުޕުރީމް ކޯޓުން 9 ގައިދީއަކު ދޫކޮށްލުމަށް ކުރި ހުކުމާއި ގުޅިގެން ހިނގި ކަންކަމަކީ މައާފު ކުރެވޭނެވަރުގެ ކަމެއް ނޫންކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއާއި އަލަށް ގުޅުނު މެމްބަރުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރުގައި ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރު ބައިވެރިވެފައިވާއިރު އެއީ ފަރުދީ ގޮތުން މާފު ދެވޭނެ ކަންކަމެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ އެދުވަހު ފެނިގެން ދިޔައީ ގައުމުގެ އަމަން ބަލަހައްޓަން ތިބި ފަރާތްތަކާއި ސިޔާސީ ފައިދާ އަމިއްލަ ބޭނުމަށް ބޭނުން ކުރިތަން ފެނިގެން ދިޔަ ކަމަށެވެ. އަދި އެފަދަ ބަޔަކު ގައުމަށް ހެޔޮ އެދިގެން ދެންވެސް ކަމެއް ކޮށްފާނެކަމަށް ގަބޫލް ކުރުމަކީ ގޯސްކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ އަމަން ބަލަހައްޓާ އެންމެ އިސް ފަރާތުން ގައުމުގެ އަމަން ބަލަހައްޓަންވީ ހިދު އަމަލު ކުރެއްވީ ގައުމު ބައިބައިވުމުގެ ތެރެއަށް ވައްޓާލުމަށްކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެކެއް ފެބްރުއަރީގެ އަމުރު ފަހުން ބާތިލް ކުރީ އޭގައި ބޮޑެތި މައްސަލަ ތަކެއް ހުރިކަން އެ ކޯޓުގައި މިހާރު ތިިއްބެވި ތިން ފަޑިޔާރުންނަށް ފާހަގަ ވެގެން ކަމަށެވެ.