Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

ގައިދީން "ޕްރޮމޯޓް ކުރާ" މީޑިއާތަކަށް ފިޔަވަޅު އަޅަނީ

ހޯމް މިނިސްޓަރ އަޒްލީން އަހުމަދު، ފޮޓޯ: ރާއްޖެއެމްވީ

ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ޕްރޮމޯޓް ކުރާ މީޑިއާތައް ޒިއްމާވާން ޖެހޭނެކަމަށާއި، އެފަދަ މީޑިއާތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ހޯމް މިނިސްޓްރީން މިއަދު އަނެއްކާވެސް ދީފިއެވެ.

ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޯމް މިނިސްޓްރީގައި ރަޖިސްޓަރ ކޮށްފައިވާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އަދި މީޑިއާތަކުން ގައިދީން ޕްރޮމޯޓް ކުރަމުން އަންނަ ކަމަށާއި، ގައިދީންނާއި ހަވާލާދީ އެއްވެސް ވާހަކައެއް ޝާއިއުކޮށް އާންމު ކުރަން ޖެހޭނީ އެކަމާ ގުޅޭގޮތުން ހަދާފައިވާ ގާނޫނުތަކާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

"ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކުގެ ނަމުގައި މިހާރަކަށް އައިސް ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުންނާއި ޖަމިއްޔާ ޖަމިއްޔާތަކުން އަދި އަމިއްލަ ފަރާތްތަކުން ޚަބަރު ފަތުރ ވަސީލަތްތައް މެދުވެރިކޮށް ޤައިދީން ޕްރޮމޯޓްކޮށް ކުރިއަށްނެރެ ޝަހްސު އޮޅޭ ގޮތަށް ހިންގަމުން ގެންދާ ހަރަކާތްތަކާއި އަމަލު ތަކަކީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހިންގާ ހަރަކާތްތަކެއްކަން ފާހަގަ ކުރަމެވެ."- އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

ހޯމް މިނިސްޓްރީން ބުނީ ހުކުމް ތަންފީޒުކުރާ ގައިދީންނާ ބެހޭ ހަބަރާއި މައުލޫމާތު ގެނެސްދީ ޕްރޮމޯޓްކުރާ ފަރާތްތަކާއި މީޑިއާތަކުން ޒިންމާވާންޖެހޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.