Last Updated: June 28, 04:10
Sunday, June 28, 2026
ޚަބަރު

ޕްރައިމަރީ އަށް ނަޝީދު މުޅި ރާއްޖޭގައި ކެމްޕޭންކޮށްފި

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓަށް ވާދަ ކުރުމަށްޓަކައި، ހުރިހާ ރަށެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ހޯދުމަށް ކެމްޕޭން ކޮށްފައިވާ ކަމަށް އެ މަނިކުފާނުގެ ކެމްޕޭން މެނޭޖަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ ކެމްޕޭން ޓީމްތައް އެކި ރަށްރަށަށް ގޮސްގެންނާއި ސްކައިޕް މެދުވެރިކޮށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކެމްޕެއިންކޮށްފައިވާ ކަމަށެވެ.

އެގޮތުން 79 ރަށަކަށް ކެމްޕެއިން ޓީމުތައް ގޮސްފައިވާ އިރު 115 ރަށެއްގައި ނަޝީދު ސްކައިޕް މެދުވެރިކޮށް ކެމްޕެއިންކޮށްފައިވެ އެވެ. އަދި މިއަދު ވެސް ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.

ނަޝީދު އެކަނި ކުރިމަތިލެއްވި ޕްރައިމަރީގެ ވޯޓުލުން މާދަމާ މުޅި ރާއްޖޭގައި އޮންނާނެ އެވެ. އޭގެ އިތުރުން ސްރީލަންކާ އާއި އިންޑިއާގައި ވެސް ވޯޓުލުން އޮންނާނެ އެވެ.

އެމްޑީޕީން ޕްރައިމަރީ އަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އިލެކްޝަން ކޮމިޝަނުން ބުނެފައި ވަނީ ޖަލު ހުކުމެއްފައި ހުންނެވި ނަޝީދަށް ޕްރައިމަރީގައި ވާދަ ކުރެވޭނެ ހައިސިއްޔަތެއް ކަމަށާއި އެ މަނިކުފާނު ބައިވެރިކޮށްގެން ޕްރައިމަރީ ބާއްވާ ނަމަ އެމްޑީޕީ އުވައިލަން ހުށަހަޅާނެ ކަމަށެވެ.