Last Updated: June 28, 04:10
Sunday, June 28, 2026
ޚަބަރު

ވިލިނގިލީގައި އެކްސިޑެންޓްވި ތިން މީހަކު މާލެ އަށް

ގއ. ވިލިނގިލީގައި މީގެ ކުރިން ހިނގާފައިވާ އެކްސިޑެންޓެއްގައި ސައިކަލަކަށް ބޮޑެތި ގެއްލުން ވެފައި، މިއަދު އެރަށުގައި ހިނގި އެކްސިޑެންޓްގައި 3 މީހަކަށް ވަނީ އަނިޔާވެފައި، ފޮޓޯ: ވިލިނގިލި ފޭސްބުކް ޕޭޖް

ގއ. ވިލިނގިލީގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބި އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރު 4 ޖަހާކަށްހާއިރު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި އެކެއްގެ ބޯފަޅައިގެން ގޮސްފައިވާ އިރު އަނެއް ދެމީހުންގެ ތެރެއިން އެކެއްގެ ފައި ބިންދައިގެން ގޮސް ދެން ހުރި މީހާއަށްވެސް ވަނީ އެކި ވަރުގެ އަނިޔާވެފައެވެ.

މިއެކްސިޑެންޓްގައި އަނިޔާވި ތިން މީހުންވެސް އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.