Last Updated: July 1, 17:57
Tuesday, July 1, 2025
ޚަބަރު

"އެއް ކެންޑިޑޭޓަކު ނެރެ އެއްބުރުން ކާމިޔާބު ކުރާނަން"

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މާތްﷲގެ އިރާދަފުޅާއި އެކު އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓެއް ނެރޭނެ ކަމަށާއި އަދި 1 ބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑާރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިވަގުތު ޖަރުމަނު ވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ޤާސިމް އިބްރާހިމް މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

ޤާސިމް މިހެން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޕްރައިމަރީއަށް ކެމްޕެއިން ކުރައްވާތީ އެކަމާއި ގުޅިގެން ޖޭޕީގެ ބައެއް ބޭފުޅުން ވަނީ ނަޝީދަށް ފާޑު ވިދާޅުވެފައެވެ.

ޤާސިމްގެ ޓްވީޓްގައި ޕީޕީއެމް އަށް އަމާޒުކޮށް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ވެސް ކުރާނެ ކަމަށާއި ހަމަޖެހޭނީ ތެޅި ތެޅި ތިބެން ކަމަށެވެ.