Last Updated: June 6, 17:42
Saturday, June 6, 2026
ކުޅިވަރު

ޑީސީ ޖޫނިއާސް އަތުން އަފިރިން އަށް ފަސޭހަ މޮޅެއް

ގޯދިއްޔާ ފުޓްސަލް ކަޕް 2018ގެ ރޭ ކުޅުނު މެޗް ފަސޭހަ ކަމާއި އެކު އެފްސީ އަފިރިން އިން ކާމިޔާބުކޮށްފިއެވެ.

މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމްގައި ޑީސީ ޖޫނިއާސް އާއި ދެކޮޅަށް ކުޅުނު މެޗް އެފްސީ އަފިރިން އިން ކާމިޔާބުކުރީ 1-4 އިންނެވެ.

އެފްސީ އަފިރިންގެ ފަރާތުން މުޅި މެޗް ކޮންޓްރޯލް ކޮށްގެން ކުޅެފައިވާއިރު ޑީސީ ޖޫނިއާސް އަށް އެހާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ރޭގެ މެޗްގައި އެފްސީ އަފިރިންގެ އިސްމާއިލް އަބްދުﷲ ދެލަނޑު ޖެހިއިރު ދެން އެޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު އަހްމަދް އާއި އަޝްރަފް މުހައްމަދެވެ.ޑީސީ ޖޫނިއާސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަލީ އަބާން ޝަރީފެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ އަފިރިންގެ އިސްމާއިލް އަބްދުﷲއެވެ.