Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވައި ދޭން އީސީން ފުލުހަށް

މިރޭ ބާއްވާ އެމްޑީޕީގެ ޕްރައިމަރީއަކީ ގާނޫނާއި ހިލާފަށް ބާއްވާ އިންތިހާބެއްކަމަށް ބުނެ އިންތިހާބު ހުއްޓުވައި ދިނުމަށް އެދި އިލެކްޝަނުން ފުލުހުންނަށް އެދިއްޖެއެވެ.

އިލެކްޝަން ކަމިޝަންގެ މެމްބަރ އަކުރަމް ވިދާޅުވީ ފުލުހުންނާއި ހޯމް މިނިސްޓްރީއަށް އެމްޑީޕީގެ ޕްރައިމަރީ ގާނޫނާއި ހިލާފަށް ކުރިއަށް ގެންދާނަމަ ހުއްޓުވައި ދިނުމަށް އެދިފައިވާ ކަމަށެވެ. އަކުރަމް ވިދާޅުވީ އެމްޑީޕީން އެޕާޓީގެ ޕްރައިމަރީ ކުރިއަށް ގެންދާނީ ގާނޫނާއި އެއްގޮތަށްކަން ސިޓީއަކުން އަންގާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން މިއަދު މެންދުރު 2 އިން ފެށިގެން ދަންވަރު 12 ޖަހަންދެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު ޕްރައިމަރީގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.

ނަޝީދުއަކީ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅެކެވެ.

ތަފްސީލް އަންނަނީ….