އިނގިރޭސިވިލާތުގެ މަޝްހޫރު މަޖައްލާ ކޮންޑެނާސްޓް ޓްރެވެލާގެ ކިޔުންތެރިންގެ މެދުގައި އެންމެ މަގްބޫލް ބީޗް ރިސޯޓަކަށް އައްޑޫ ޝަންގްރިއްލާ ރިސޯޓް ހޮވައިފިއެވެ.
ރާއްޖޭގެ އެންމެ ޕްރައިވެސީ މަތި ރިސޯޓްގެ ގޮތުގައި މަޝްހޫރު މި ރިސޯޓަކީ ދުނިޔޭގެ ވަރަށް މަޝްހޫރު ފަރާތަކުގެ މަގްބޫލް ރިސޯޓެކެވެ.
ޝަންގްރިއްލާ ރިސޯޓުގައި 132 ވިލާގެ އިތުރުން 957 ސްކެއާ މީޓަރުގެ ދެ ޕްރެސިޑެންޝަލް ވިލާ ހުރި އިރު އެއިން ކޮންމެ ޕްރެސިޑެންޝަލް ވިލާގައި ބޮޑު ދެ ކޮޓަރި އާއި ހާއްސަ ބަގީޗާއެއް އަދި ސްޕާ ޕެވިލިއަނެއްގެ އިތުރުން ޕްރައިވެޓް ޕޫލެއް ވެސް އޮވެ އެވެ. އަދި އެތަނުގައި ސައުނާ އާއި ޖިމް ވެސް ހުރެ އެވެ.
ޝަންގްރިއްލާ އަކީ ރާއްޖޭގައި އެންމެ ފުރިހަމަ ސައިޒްގެ ގޮލްފް ކޯހެއް އޮތް ހަމައެކަނި ރިސޯޓެވެ.