Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލާން ފަށައިފި

އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވަން ބަންޑާރަ ނައިބް އޮފީހުން ސިވިލް ކޯޓުގައި އެދިފައިވަނިކޮށް އެމްޑީޕީގެ ޝެޑިއުލްއާއި އެއްގޮތަށް ވޯޓުލާން ފަށައިފިއެވެ.

އެމްޑީޕީން ބުނީ އެޕާޓީގެ ޕްރައިމަރީގެ ވޯޓުލުން މިއަދު މެންދުރު ފަހު 2 އިން ދަންވަރު 12 ޖެހުމާއި ހަމައަށ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދާނެކަމަށެވެ.

އެމްޑީޕީން މިފަހަރު ވަނީ ރާއްޖޭން ބޭރުގައިވެސް ވޯޓު ފޮށި ބަހައްޓާފައެވެ. އެގޮތުން ލަންކާގެ ކޮލަމްބޯ، ކޭންޑީގެ އިތުރުން އިންޑިއާގެ ޓްރެވިންޑްރަމް އަދި ބެންގަލޫރުގައި ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ. އަދި މެލޭޝިއާ އާއި އިނގިރޭސި ވިލާތުގައިވެސް ވޯޓު ލުން ކުރިއަށް ގެންދާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީ ޕްރައިމަރީގައި ރައީސް ނަޝީދުގެ އެޑްވައިޒަރ އަބްދުﷲ ޖާބިރު ވޯޓު ދެއްވަނީ، ފޮޓޯ: އަންވަރު

އެމްޑީޕީ ޕްރައިމަރީގެ ވޯޓު ލުން ފަށައިގެން ކުރިއަށްދާ އިރު އިލެކްޝަން ކަމިޝަނުން ވަނީ ޕްރައިމަރީ ހުއްޓުވުމަށް ފުލުހުންގެ ކިބައިންވެސް އެދިފައެވެ.

ތަފްސީލް އަންނަނީ…