Last Updated: June 6, 17:42
Saturday, June 6, 2026
ޚަބަރު

އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވަން ސިވިލް ކޯޓުން އަމުރެއް ނެރެފި

މިހާރު ވޯޓުލުން ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވަން ސިވިލް ކޯޓުން އަމުރެއް ނެރެފި އެވެ.

ސިވިލް ކޯޓުން މިގޮތަށް އަމުރު ނެރެފައިވަނީ އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވަން ބަންޑާރަ ނައިބް އޮފީހުން ސިވިލް ކޯޓުގައި އެދުމުންނެވެ.

ސިވިލް ކޯޓުން ނެރުނު އަމުރުގައި ވަނީ އެމްޑީޕީގެ ޕްރައިމަރީ ބާއްވާ ނަމަ، އެކަން ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި، ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގެ މައްޗަށް އަމުރުކޮށްފައެވެ.

ސިވިލް ކޯޓްގައި ގާޒީ އަލީ އަބްދުﷲ މި އަމުރު ނެރުމާއެކު އެ އަމުރު ތަންފީޒުކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފަ އެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނީ، ސިވިލް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށެވެ.