Last Updated: June 6, 17:42
Saturday, June 6, 2026
ޚަބަރު

ފުލުހުން އެމްޑީޕީ ޕްރައިމަރީގެ ވޯޓް ފޮށިތައް ނަގަނީ

ފުލުހުން އެމްޑީޕީ ޕްރައިމަރީގެ ވޯޓް ފޮއްޓެއް ގެންދަނީ ފޮޓޯ:އަވަސް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވަން ރަޔަޓް ފުލުހުން އެމްޑީޕީގެ ވޯޓްލުން ކުރިއަށްދާ މަރުކަޒުތަކަށް ގޮސް ވޯޓު ފޮށިތައް ނަގަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ރަޔަޓް ގިޔަރުގައި ގޮސް މާލޭގައި އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ބާއްވާ ސަރަހައްދުތަކަށް ގޮސް ވޯޓު ފޮށިތައް ވަނީ ނަގާފައެވެ.

އަދި މީގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައި ހުރި ވޯޓު ފޮށިތައް ވެސް ފުލުހުން ނަގަމުންދާ ކަމަށް ވެއެވެ.

ފުލުހުން މެދުވެރިކޮށް އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ހުއްޓުވި ނަމަވެސް، އޮންލައިންކޮށް ވޯޓުލެވޭނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ބޭފުޅަކަށް ވާތީ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު އެމަނިކުފާނަށް ވަނީ ގެއްލިފަ އެވެ.