Last Updated: June 6, 17:42
Saturday, June 6, 2026
ޚަބަރު

އައްޑޫގެ ވޯޓް ފޮށިތައް ވެސް ފުލުހުން ނަގައިފި

މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލުމަށް އައްޑޫ ސިޓީގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތައް ވެސް ފުލުހުން ގޮސް ނަގައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ އެމްޑީޕީ ހަރުގޭގައި ހުރި ވޯޓު ފޮށި ވެސް ފުލުހުން ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ގޮސް ނަގާފައެވެ.

އަދި އައްޑޫގައި އެމްޑީޕީން ވޯޓު ފޮށި ބަހައްޓާފައި ހުރި އެހެން ސަރަހައްދުތަކުގައި ވެސް ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ވޯޓު ފޮށިތައް ގެންދަން ފެށީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކޮށްގެން އެމްޑީޕީގެ ޕްރައިމަރީ ނުބޭއްވުމަށާއި އެ ޕްރައިމަރީ ކުރިއަށްދާ ނަމަ އެކަން ހުއްޓުވަން ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން މިއަދު އަމުރެއް ނެރުމާއި ގުޅިގެންނެވެ.