Last Updated: June 6, 17:42
Saturday, June 6, 2026
ޚަބަރު

ނަޝީދުގެ ކޮންޓެންޓް ހުއްޓުވަން ފުލުހުން ރާއްޖެ ޓީވީ އަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެއްވެސް ކޮންޓެންޓެއް ނުދެއްކުމަށް ރާއްޖެ ޓީވީ އަށް އެންގުމަށް ފުލުހުން އެ ޓީވީގެ ސްޓޭޝަނަށް ގޮސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުލަ ހެދުމުގައި ތިބި ތިން ފުލުހަކު ރާއްޖެ ޓީވީ އަށް ވަދެ، ނަޝީދުގެ ކޮންޓެންޓް ދެއްކުން ހުއްޓާލަން އަންގާފައި ވަނީ ކޯޓު އަމުރެއް ނެތިއެވެ.

ރާއްޖެ ޓީވީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ނަޝީދުގެ ކޮންޓެންޓް ނުދެއްކުމަށް އެންގީ ޖަލުތަކާޢި ޕެރޯލްގެ ގާނޫނުގެ ދަށުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.