Last Updated: June 6, 17:42
Saturday, June 6, 2026
ޚަބަރު

ހިތަދޫ ހަރުގެއިން ފުލުހުންނަށް ގެންދެވުނީ ފޭކް ވޯޓު ފޮށްޓެއް

އައްޑޫ ސިޓީ ހިތަދޫ އެމްޑީޕީ ހަރުގެއިން ފުލުހުން ގެންދިޔައީ "ފޭކް" ވޯޓު ފޮށްޓެއްކަމަށް ހިތަދޫގައި ތިބި އެމްޑީޕީ މެންބަރުން ބުނެފިއެވެ.

ސޯޝަލް މީޑިޔާގައި ހިތަދޫ އެމްޑީޕީ އެކްޓިވިސްޓުން އާއްމުކޮށްފައިވާ ފޮޓޯތަކުން އެނގޭ ގޮތުގައި ފުލުހުން އެ ހަރުގެއިން ގެންގޮސްފައި ވަނީ ބޮޑު ފޮށިގަނޑެކެވެ.

އެހެން ނަމަވެސް ވޯޓު ފޮށްޓެއްގެ ގޮތުގައި ހިތަދޫ އެމްޑީޕީ ހަރުގޭގައި ބޭނުންކޮށްފައި ވަނީ އެ ފޮށިގަނޑެއް ނޫނެވެ. އެ ފޮޓޯތަކުގައި ހިތަދޫ އެމްޑީޕީ ހަރުގޭގައި ވޯޓު ފޮށްޓެއްގެ ގޮތުގައި ބޭނުންކުރި ޕްލާސްޓިކް ކޮންޓެއިނަރ ފެނެއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވުމުގެ މަސައްކަތް ފުލުހުން ކުރަނީ، ސިވިލް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެންނެވެ.