ހއ. އިންނަފޮނޮޅު ފަރަށް އެރި ބޭރުގެ ބޯޓެއް ކައިރިއަށް ސިފައިންގެ ކޯސްޓުގާޑު ދިއުމުން ބޯޓުގައި ރޯކޮށްލުމަށްފަހު އެބޯޓުގައި ތިބި ފަޅުވެރިން ކަނޑަށް ފުންމާލައި ފިލަން އުޅެފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި ފަރަށް އެރި ބޯޓުގައި ރޯކޮށްލާފައިވަނީ ސިފައިންގެ ލޯންޗު ބޯޓާއި 50 ފޫޓަށް ކައިރިވުމުންނެވެ.
ބޯޓުން އަށް މީހަކު ވަނީ ލައިފްޖެކެޓާއި އެކު ކަނޑަށް ފުންމާލާފައެވެ. އަދި ބޯޓުގައި ރޯކުރި އަލިފާންގަނޑު މަޑުމަޑުން އަދަމުން އެބަދެއެެވެ.
މިހާދިސާ އާއި ގުޅިގެން އަދި ސިފައިން އިތުރު ތަފްސީލެއް އަދި ހާމަ ނުކުރެއެވެ.
ތަފްސީލް އަންނަނީ….