Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

ޒެލޯން އާއި އެފްސީ އަފިރިންގެ މެޗް އެއްވަރު

މިޓްސުބުޝީ ގޯދިއްޔާ ފުޓްސަލް ކަޕް 2018ގައި މަރަދޫ ޒިލޯން އާއި މަރަދޫފޭދޫ އެފްސީ އަފިރިން ކުޅުނު މެޗް އެއްވަރުވެއްޖެއެވެ.

މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗް ނިމުނީ 5-5 އިން އެއްވަރުވެގެންނެވެ.

ރޭގެ މެޗްގެ އެފްސީ އަފިރިން އިން ޖެހި ގޯލްތަކުގެ ތެރެއިން 4 ގޯލް ކާމިޔާބުކޮށްދިނީ މުޅި މެޗްގައި ވެސް މޮޅު ކުޅުމެއް ދެއްކި އިސްމާއިލް އަބްދުﷲއެވެ. ރޭގެ މެޗްގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާއެވެ.

އަފިރިން އަށް ދެން ލަނޑު ޖަހައިދިނީ ހަސަން ވާފިރެވެ.

ޒެލޯންގެ އިބްރާހިމް އައިޒަމް އާއި އަހްމަދް އަޒްމީލް ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖެހިއިރު އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބު ކުރީ ހަސަން އަތޫފެވެ.