ހއ. އިންނަފޮނޮޅު ފަރަށް އެރި ބޭރުގެ ބޯޓުގައި ތިބި ފަޅުވެރިން ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފިއެވެ.
ފަޅުވެރިން ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވަނީ އެބޯޓު ކައިރިއަށް ސިފައިންގެ ކޯސްޓުގާޑު ދިއުމުން ބޯޓުގައި ރޯކޮށްލުމަށްފަހު އޭގައި ތިބި ފަޅުވެރިން ކަނޑަށް ފުންމާލައި ފިލަން އުޅުމުންނެވެ.
ބޯޓުގައި 8 ފަޅުވެރިން ތިބިކަމަށް މައުލޫމާތު ލިބެއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ބޯޓުން ފުންމާލި މީހުން މިހާރު ފުލުހުންގެ ހަވާލުގައި ހއ. އިހަވަންދޫއަށް ގެންގޮސްފައި ކަމަށެވެ. އަދި ބޯޓު އަންދާލުމާ ގުޅިގެން ބައެއް ބައިތައް އެ ސަރަހައްދުގައި އޮޔާދާތީ ސަމާލުވެތިބުމަށް އެދޭ ކަމަށް އާޒިމް ވިދާޅުވި އެވެ.
މި ބޯޓަކީ ސްރީލަންކާގެ ބޯޓެއްކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނައިރު އެމްއެންޑީއެފްއިން އެކަމާއި ގުޅިގެން ވަކިއެއްޗެއް ނުބުނެއެވެ.