މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހެދި ކާމިޔާބް ފިލްމް "ސަޒާ" އަށް ފަހު އެ ފިލްމްގެ ޑައިރެކްޓަރު ހުސައިން މުނައްވަރު (ކުޑަ ފޫޅު) ގެ ދެވަނަ ފިލްމް "ދިލަކަނި" އަންނަ މަހުގެ 27 ގައި ޕްރީމިއާ ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
މަހުދީގެ ސްކްރީންޕްލޭއަކަށް މި ފަހަރު ވެސް އުފައްދާފައިވާ "ދިލަކަނީ" ގައި ލީޑް ރޯލް ކުޅެފައި ވަނީ ނިއުމާ މުހައްމަދު، މުހައްމަދު މަނިކު، މުހައްމަދު ފައިސަލް، އާމިނަތު ރިޝްފާ އަދި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އެވެ.
އަންތަރީސް ޕްރޮޑަކްޝަނުން އުފައްދާފައިވާ އަދި އަމިއްލަ ރާގުގެ ލަވަތައް ހިމެނޭ "ދިލަކަނީ" ގެ މަންޒަރުތައް ނަގާފައި ވަނީ ށ. ފީވަކުގަ އެވެ.
"ދިލަކަނީ" ގައި ކިޔައި ދެނީ އާއިލާގެ މެންބަރެއްގެ މަރުގެ ބަދަލު ހިފަން ނިކުންނަ މީހަކަށް ދިމާވާ އަސަރު ގަދަ ހާދިސާތަކެވެ.