ޖުމްހުރީ ޕާޓީ (ޖޭޕީ)ގެ ކޮންގްރެސް ބާއްވާ ތާރީހް އެޕާޓީން އަވަސްކޮށްފިއެވެ.
ޖޭޕީން ކުރިން އެޕާޓީގެ ކޮންގްރެސް ބާއްވަން ނިންމީ އަންނަ ޖޫން މަހުގެ 28،29 ދެ ދުވަހެވެ. ނަމަވެސް ރޭ އެޕާޓީގެ ގައުމީ މަޖިލީހުން ވަނީ ކޮންގްރެސް ޖޫން 22، އަދި 22ގައި ބާއްވަން ނިންމާފައެވެ.
ޖޭޕީން ބުނީ އެޕާޓީގެ ކޮންގްރެސް ބާއްވާނެ ތަނެއް ހޯދުމަށް ސަރުކާރުގެ އެކި މުއައްސަސާތަކުގައި އެދިފައިވީ ނަމަވެސް އެއްވެސް މުއައްސަސާއަކުން އެކަމަށް އެއްބާރުލުން ނުދިން ކަމަށާއި ކޮންގްރެސް ބާއްވާނެ ތަނެއް ދިނުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ.
އެހެންވެ ކޮންގްރެސް ބޭއްވުމަށް ނިންމީ ޕެރަޑައިސް އައިލެންޑް ރިސޯޓްގައިކަމަށެވެ.