Last Updated: June 13, 11:58
Saturday, June 13, 2026
ޚަބަރު

ރޯކޮށްލި ބޯޓުން މަސްތުވާތަކެތި ރަށްތަކަށް ލައްގަނީ

ހއ. އިންނަފިނޮޅު ފަރަށް އެރި ބޭރުގެ ބޯޓުން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެހިތަކެއް ހއ. އުލިގަމަށް ލައްގަމުންދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިއަދު ހެނދުނު އިންނަފިނޮޅު ފަރަށް އެރި ބޯޓު ކައިރިއަށް އެމްއެންޑީއެފްގެ ކޯސްޓްގާޑު އުޅަނދަކުން ކައިރި ކުރުމުން ބޯޓުގެ ފަޅުވެރިންވަނީ ބޯޓުގައި ރޯކޮށްލުމަށްފަހު ލައިފްޖެކެޓް އަޅައިގެން ކަނޑަށް ފުންމާލާފައެވެ.

އުލިގަމު ކައުންސިލަރު އިމާދު އަބުދުﷲ ވިދާޅުވީ އެރަށަށް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ގިނަ އަދަދެއްގެ ޕެކެޓް ތަކެއް ލައްގަމުން އަންނަކަމަށެވެ.

އުލިގަމުން ވާހަކަ ދެއްކި މީހަކު ބުނީ ލައްގަމުން އަންނަ ޕެކެޓްތައް ހުރީ ވަރަށް ރަނގަޅަށް ޓޭޕް އަޅައި ބަންދުކޮށްފައި ކަމަށާއި އަދި ބައެއް ޕެކެޓްތައް ހުރީ އަނދާފައިކަމަށެވެ.

ފުލުހުން ބުނީ ބޯޓުގައި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ހުރުމުން ބަލަމުން އަންނަ ކަމަށެވެ.

ބޯޓުގައި ރޯކޮށްލައި ކަނޑަށް ފުންމާލި މީހުން މިވަގުތު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ސިފައިން ވަނީ ބޯޓުގައި ރޯކޮށްލި އަލިފާންގަނޑު ނިއްވާލާފައެވެ.

ތަފްސީލް އަންނަނީ