Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

މެލޭޝިއާ އިން ޖީއެސްޓީ އުވާލާއިފި

މެލޭޝިއާގައި ކުރީގައި ނަގަމުން ދިޔަ ހަ އިންސައްތައިގެ ޖީއެސްޓި މިއަދުން ފެށިފގެން އުވާލާއިފިއެވެ.

މެލޭޝިއާގައި ޖީއެސްޓީ ނުވަތަ ގުޑްސް އެންޑް ސަރވިސަސް ޓެކްސް އުވާލުމަށް މެލޭޝިއާގައި އަލަށް އެކުލަވާލެވުނު ޕަކަތަން ހަރަޕަންގެ ސަރުކަރުން އޮތީ ވަޢުދުވެފައެވެ.

ކުރީގައި ބޭންކްތަކުންވެސް ހަ އިންސައްތަ ޖީއެސްޓީ ނަގަމުން އައި ނަމަވެސް މިއަދުން ފެށިގެން ބޭންކުން ހޯދާ ޚިދުމަތަކަށް ޖީއެސްޓީއެއް ނުނަގާނެއެވެ.

މެލޭޝިއާގެ ފައިނޭންސް މިނިސްޓްރީގެ ބަޔާނެއްގައިވާގޮތުން މެލޭޝިއާގެ ބައިތުލްމާލަށް ޖީއެސްޓީ އުވާލުމުން ގެއްލޭ ފައިސާ ހޯދުމަށް ސޭލްސް އެންޑް ސާރވިސަސް ޓެކްސް މިއަންނަ ސެޕްޓެމްބަރުން ފެށިގެން ނަގަމުން ދާނެއެވެ.

އެހެންކަމުން މިއަދުން ފެށިގެން ސޭލްސް އެންޑް ސާރވިސަސް ޓެކްސް ނެގުމާ ދޭތެރޭގައި ޓެކްސެއް ދައްކާކަށް ނުޖެހޭނެއެވެ.
މެލޭޝިއާގެ މިހާރުގެ ސަރުކާރުންވަނީ ޚަރަދުކުޑަ ކުރުމަށާއި އިސްރާފު މަދުކުރުމަށް ޚާއްސް މަސައްކަތްތަކެއް ކުރާނެކަމަށް ބުނެފައެވެ.

އަދި ހަމައެހެންމެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރަޒާކްގެ ވެރިކަމުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން މެލޭޝިއާ ދައުލަތުގެ ބައިތުލްމާލުން ގިނަ އަދަދެއްގެ ފައިސާ ގެއްލިފައިވާކަމަށް ވެސް މެލޭޝިއާގެ ވެރިކަން ކުރާ ޕަކަތަން ހަރަޕަންއިން ވަނީ ބުނެފައެވެ.

އާ ސަރުކާރު އެކުލަވާލި ފަހުން ކުރީ ސަރުކާރުގެ ކޮރަޕްޝަން މައްސަލަތައް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދީގެން ބަލަމުންނެވެ.

މިގޮތުން ކުރީގެ ބޮޑު ވަޒީރުގެ ގެކޮޅު ފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާއި އަގުބޮޑު ގަހަނާ ، އަތުކުރީގަޑި އަދި ޑިސައިނާރ އަތްދަބަސްތަކެއް ވެސް ފުލުހުންވަނީ ގެންގޮއްސައެވެ. އަދި ނަޖީބް ރަޒާކާއި ފުލުހުންވަނީ ދެފަހަރެއްގެ މަތީން ސުވާލު ވެސް ކޮށްފައެވެ.