Last Updated: June 6, 17:42
Saturday, June 6, 2026
ޚަބަރު

މާފުށީ ޖަލުގައި ޤައިދީއަކު މަރުވެއްޖެ

ކ.މާފުށީ ޖަލުގައި ހުކުމް ތަންފީޒް ކުރަމުން ދިޔަ ޤައިދީއަކު މަރުވެއްޖެއެވެ.

ކަރެކްޝަންސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރޭގެ ވަގުތެއްގައި މަރުވެފައި ވަނީ ގ. ފެހިމާ، އުމުރުން 30 އަހަރުގެ އަލީ އަބްދުﷲ އެވެ.

އޭނާ މަރުވި ސަބަބު ބަލަމުން އަންނަކަމަށް ކަރެކްޝަންސްގެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ޒުވާނަކު މަރުވެފައިވާއިރު ރާއްޖޭގެ ޖަލުތަކުގައި މިފަހަަކަށް އައިސް ކުއްލި މަރުތައް ގިނަވެފައިވާ ކަން ފާހަގަކުރެވެއެވެ.

އެކަމާއި ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ.