Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

3 ސްޓޯން ކޮޅަށް ޔުނައިޓެޑް ފްރެންޑްސް އިން 8 ލަނޑު

މިޓްސުބުޝީ ގޯދިއްޔާ ފުޓްސަލް ކަޕް 2018ގައި ރޭ ތްރީ ސްޓޯން ކޮޅަށް ޔުނައިޓެޑް ފްރެންޑްސް އިން 8 ލަނޑު ޖަހައިފިއެވެ.

މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމްގައި ކުޅުނު މިމެޗް ޔުނައިޓެޑް ފްރެންޑްސް އިން ކާމިޔާބު ކުރީ 1-8 އިންނެވެ.

ރޭގެ މެޗްގައި ޔުނައިޓެޑް ފްރެންޑްސްގެ އަހްމަދް މުއާޒް ހެޓްރިކް ހެދިއިރު އެޓީމުގެ ލިރުއާމް އާއި ހުސައިން ޝާމިން ކޮންމެ ކުޅުންތެރިޔަކު 2 ލަނޑު ޖެހިއެވެ. އެ ޓީމުން ދެން ލަނޑު ޖެހީ އަހްމަދް އިބްރާހިމެވެ.

ތްރީ ސްޓޯންގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް އާގިސެވެ.

މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޔުނައިޓެޑް ފްރެންޑްސްގެ މުއާޒެވެ.