Last Updated: June 13, 11:58
Saturday, June 13, 2026
ޚަބަރު

ހުޅުމާލޭގައި ދެ އެކްސިޑެންޓް، ދެ މީހަކު ސީރިއަސް

ހުޅުމާލޭގައި ހނގި އެކްސިޑެންޓެއް، ފޮޓޯ: ވީނިއުސް

ހުޅުމާލޭގައި މިރޭ ނުރައްކާތެރި ދެ އެކްސިޑެންޓް ހިނގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ހިނގި ފުރަތަމަ އެކްސިޑެންޓަކީ ހުޅުމާލޭ ނިރޮޅުމަގުން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކުން ހިނގާފައި ދިޔަ އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. މި ހާދިސާގައި އުމުރުން ދުވަސްވީ މީހާއަށް ސީރިއަސް އަނިޔާލިބި ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ދަރުވާ ދެމުންނެވެ.

މިރޭ ހިނގި ދެވަނަ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހިއްކާފައިވާ ސަރަހައްދަށް ގަވާއިދާއި ހިލާފަށް ވަދެގެން އުޅުނު ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓްގައިވެސް ދެ ޒުވާނަކަށް އަނިޔާވެފައި ވާއިރު އެކެއްގެ ހާލު ސީރިއަސްކަމަށް މައުލޫމާތު ލިބެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮޅިދަނޑީގައި ޖެހި އޭނާގެ މޫނަށްވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ.