އިއްޔެ މެންދުރުއްސުރެ ގެއްލިގެން ހޯދަމުންދިޔަ ހ. ޝޭޑީ މީޑު ފާޠިމަތު ފަޒީލާ (41އ) އޭނާގެ ގެއަށް އެނބުރި ގޮސްފިއެވެ.
ފަޒީލާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއްކަމަށް އާއިލާއިން ބުނެއެވެ. ފަޒީލާ ހޯދަން ފެށީ އިއްޔެ މެންދުރުފަހު މާލެ ދިޔުމަށް ހުޅުމާލޭ ފެރީ ޓާމިނަލަށް ދިޔަފަހުން ވީނުވީއެއް ނޭނގި ނުފެނިގެންނެވެ. އޭނާ ނުފެނިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. އެގޮތުން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އާއިލާއިން ފަށާފައިވަނިކޮށް އޭނާ ވަނީ ގެއަށް ގޮސްފައެވެ.
ހޯދަމުން ގެންދާތާ 24 ގަޑިއިރު ފަހުން ފަޒީލާ ގެއަށް ގޮސްފައިވާއިރު އޭނާ އުޅުނީ ކޮންތާކުކަމެއް އަދި ސާފެއް ނުވެއެވެ.