Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

މަލްޓި ޖީނިއަސް އާއި ސްކޫޕަށް މޮޅެއް

މިޓްސުބުޝީ ގޯދިއްޔާ ފުޓްސަލް ކަޕް 2018ގައި ރޭ ކުޅުނު މެޗްތައް މަލްޓި ޖީނިއަސް ސިޓީ އާއި އެފްސީ ސްކޫޕް ކަންމަތިން ކާމިޔާބުކޮށްފިއެވެ.

މަލްޓި ޖީނިއަސް މޮޅުވީ ޑީސީ ޖޫނިއާސް އާއި ވާދަކޮށް 2-3 އިންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މަލްްޓި ޖީނިއަސްގެ ރަފާހް 2 ލަނޑު ޖެހިއިރު އެޓީމުގެ އަނެއް ލަނޑު ޖެހީ މަމްނޫނެވެ.

ޑީސީ ޖޫނިއާސްގެ 2 ލަނޑު ވެސް ޖެހީ އަހްމަދު ހާމީ ނަޖާހެވެ .

ހިތަދޫއަށް ނިސްބަތްވާ 2 ޓީމް ކަމުގައިވާ ސްކޫޕް ކަންމަތި އާއި ޒެފިއާ ކުޅުނު މެޗް ސްކޫޕް ކަންމަތިން ކާމިޔާބު ކުރީ 1-2 އިންނެވެ.

ސްކޫޕްގެ 2 ލަނޑު ވެސް ޖެހީ މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޝަހީމް އަބްދުލް ޤާދިރެވެ. ޒެފިއާގެ ހަމައެކަނި ލަނޑު ޖެހީ ހަސަން އިރުފާނެވެ.