Last Updated: June 28, 04:05
Saturday, June 27, 2026
ޚަބަރު

އައްޑޫ ކައުންސިލުން ފެން ހިންދާ ޕަމްޕެއް ހަދިޔާކޮށްފި

އައްޑޫގައި ވިއްސާރަވެ މަގުމަތީގައި ފެންބޮޑުވުމުން ފެން ހިންދަން ދަތިވާތީ އައްޑޫ ސިޓީ ކައުންސިލުން ޕަމްޕެއް ހަދިޔާކޮށްފި އެވެ.

ކައުންސިލުން ޕަމްޕް ހަދިޔާ ކުރީ ހައުސިން މިނިސްޓްރީގެ ދަށުން އައްޑޫގެ މަގުތަކުގެ މަސައްކަތް ކުރާ ޕަބްލިކް ވޯކްސްއަށެވެ.

ކައުންސިލުން ބުނި ގޮތުގައި މިދިޔަ ހަފުތާގައި ޕަމްޕް ހަދިޔާ ކުރީ ހިތަދޫގައި ފެންބޮޑުވާ ސަރަހައްދުތަކުން ފެން ހިންދަން ބޭނުން ކުރާ ޕަމްޕް ހަލާކުވެ ގިނަ ދުވަސްތަކެއްވެފައިވާކަން އެނގުމުންނެވެ.

ކައުންސިލުން ހަދިޔާ ކުރި ޕަމްޕަކީ ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ގަނެފައިވާ ޕަމްޕެކެވެ.

ވިއްސާރަވެއްޖެ ނަމަ އައްޑޫގެ އަވަށްތަކުގައި ފެންބޮޑުވުމަކީ ވަރަށް އާންމު މައްސަލައެކެވެ. ވަކިން ހާއްސަކޮށް މަގުތަކުގައި ފެންބޮޑުވެ، އާންމު ދިރިއުޅުމަށް ބުރޫ އަރަ އެވެ.