Last Updated: June 10, 20:48
Wednesday, June 10, 2026
ދީން

އައްޑޫގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ

މިރޭގެ ހަނދު ކޭތަ ނަމާދު އައްޑޫގެ ހުރިހާ ރަށެއްގައި ކުރާ ގޮތަަށް އައްޑޫ ސިޓީ ކައުންސިލްގެ ޑިޕާޓްމެންޓް އޮފް ސޯޝަލް ސާވިސްއިން ހަމަޖައްސައިފި އެވެ.

އެ ޑިޕާޓްމެންޓުން ބުނީ ކޭތަ ނަމާދު މި ރޭ ކުރުމަށް ހަމަޖެހިފައި ވަނީ ދަންވަރު 1:00 ގައި ކަމަށެވެ.

އެގޮތުން ހިތަދޫގައި ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކަކީ މަސްޖިދުއް ޒިކްރާ، މަސްޖިދުއް ތަޤްވާ އަދި މަސްޖިދުލް އިކްރާމް އެވެ.

މަރަދޫ އަވަށުން މަސްޖިދުލް އިޙްލާސް އަދި މަސްޖިދުއް ނޫރުގައެވެ. ފޭދޫ އަވަށުގެ މަސްޖިދުލް އަމާނީ ގައި ކޭތަ ނަމާދު ކުރަން ހަމަޖެހިފައިވާ އިރު ހުޅުމީދޫ އަވަށުގައި ކޭތަ ނަމާދު ކުރަން ހަމަޖެހިފައި ވަނީ މަސްޖިދުލް މަޖުދިއްދީން އަދި މަސްޖިދުލް އަބްދުﷲ ބިން އިބްރާހީމްގަ އެވެ.

މިރޭ ހިފާ ކޭތައަކީ މި އަހަރުގެ ފުރަތަމަ ހަނދުކޭތަ އެވެ. ކޭތަ ހިފަން ފަށާނީ މިރޭ 11:05 ގަ އެވެ. އަދި ކޭތަ ވީއްލާނެ ކަމަށް ބެލެވޭ ގަޑިއަކީ މެންދަމުން އަލިވެ 3:10 ގަ އެވެ. ކޭތަ ފުރިހަމަކޮށް ފެންނާނީ 27 މިނެޓަށެވެ.