ހއ. މޮޅަދޫ ގޮޑުދޮށުންވެސް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ލައްގައިފިއެވެ.
މޮޅަދޫ ކައުސިލްގެ ރައީސް މުހައްމަދު ނިޝާމް ވިދާޅުވީ ރަށުގެ ގޮޑުދޮށުން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ ޕެކްޓްތަކެއް ފެނިގެން އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުގެ ގޮޑުދޮށުން މިތަކެތި ފެނިފައިވަނީ އެރަށުގެ ދެ އަންހެނަކަށެވެ. އަދި އެކަން ކައުންސިލަށް ރިޕޯޓު ކުރުމުން ހއ. އިވަންދޫ ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަހަޅާފައިވާ އިރު މިހާރު އެރަށުގެ ގޮޑު ދޮށުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މޮޅަދޫ ގޮޑު ދޮށުން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިފައިވާ އިރު މިދިޔަ ބުރާސްފަތި ދުވަހު ހއ. އިންނަފިނޮޅު ފަރުމައްޗަށް އެރި ބޭރުގެ ބޯޓަކުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ އެއްޗެހި ތަކެއް ވަނީ ފެނިފައެވެ.
ބޯޓު ފަށައް އަރާފައިވަނިކޮށް، ބޯޓާއި ކައިރިއަށް އެމްއެންޑީއެފްގެ ކޯސްޓްގާޑު ކައިރިކުރުން ބޯޓުގައިތިބި މީހުންވަނީ ބޯޓުގަިއ ރޯކޮށްލައި ކަނޑަށް ފުންމާލައި ފިލަން އުޅެފައެވެ. އަދި ބުރާސްފަތި ދުވަހު އިރު އޮއްސެމުން ދިޔަ އިރު އުލިގަމު ގޮޑުދޮށަށް މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ ގިނަ އަދަދެއްގެ ޕެކެޓްތަކެއް ވަނީ ލައްގާފައެވެ.
ފުލުހުން މި މައްސަލަ ތަހްގީގު ކުރަމުން އަންނަ އިރު އިތުރު އެއްވެސް ތަފްސީލެއް ހާމަ ނުކުރެއެވެ.