Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ކުކުޅަކާ އެކު ފޭދޫ މީހަކު ހައްޔަރުކޮށްފި

ފޭދޫގައި ދިރޭ ކުކުޅެއް ވަގަށް ނަގަން އުޅުނު މީހަކު އެ ކުކުޅާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މައުލޫމާތު ލިބިފައިވާ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކުރުމަށް ފަހު ފުލުހުންގެ ވެހިކަލަށް އަރުވާފައި ވަނީ ވަގަށް ނެގި ކުކުޅާ އެކުގަ އެވެ.

ފޭދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ވައްކަން ކުރަން އުޅުނު މީހާ އާއި އެކު ކުކުޅު ވެސް ވަނީ ފުލުހުންގެ ވެހިކަލަށް އެރުވި ކަމަށެވެ. ނަމަވެސް އޭރު އެ ކުކުޅު އޮތީ މަރުވެފަ އެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ މިވަގުތު ހުރީ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައެވެ. އަދި އޭނާއާ އެކު ގެންދިޔަ ކުކުޅު ވެސް އޮތީ ގަން ޕޮލިހުގައި ކަމަށް ވެއެވެ.