Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޢަލީ މަރުވީ ކަރެކްޝަނުގެ އިޙުމާލުން: އާއިލާ

ފޮޓޯ: ވީއެފްޕީ އިމޭޖެސް

މި މަހުގެ 1 ވަނަ ދުވަހު ގެރޭ ޖަލުގައި ޙުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި ގ. ފެހިމާ އުމުރުން 30 އަހަރުގެ ޢަލީ ޢަބްދުﷲގެ މަރުގައި ކަރެކްޝަނުގެ އިޙުމާލުވާ ކަމަށް އާއިލާއިން ތުޙުމަތު ކޮށްފިއެވެ.

ޢަލީ މަރުވި އިރު އޭނާގެ ސީއްޙީ މައްސަލަތަކެއް ހުރި ކަމަށާއި ސިއްޚީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ކަމާބެހޭ ފަރާތްތަކުން އިޙުމާލުވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ. އަލީ އަކީ އުފަންވިއިރު ވެސް ސިއްޚީ މައްސަލަތަކެއް ހުރި މީހެއް ކަމަށް އާއިލާއިން ބުނެއެވެ. ހިތުގެ މައްސަލައާއި ބްލަޑް ޕްރެޝަރުގެ މައްސަލަވެސް ހުންނަ މީހެއް ކަމަށް އާއިލާއިން ބުނެއެވެ.

ދިވެހި އޮންލައިން ނޫސް ވީއެފްޕީއަށް ދެއްވި މައުލޫމާތުގައި އަލީ ޢަބްދުﷲ ބުރާސްފަތި ދުވަހުގެރޭ އޭނާގެ މަންމަ އަށް ގުޅާފަ ވަރަށް ބަލިވެގެން އުޅޭކަމަށާއި، އަކުނިވަޔަށް ދަމާކަމަށްބުނެ ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދިނުމަށް އެދިފައިވާ ކަމަށް އާއިލާއިން ބުނާ ކަމަށް އޭނޫހުން ބުނެއެވެ.ޑޮކްޓަރަށް ދައްކައިދިނުމަށް އެދުމުންވެސް ޑޮކްޓަރަށް ދައްކައިދީފައިނުވާ ކަމަށް އާއިލާއިން ދަނީ ބުނަމުންނެވެ.

އަލީ އަބްދުﷲ މަރުވީ ޖޫން މަހުގެ 1 ވަނަ ދުވަހުގެ ދަންވަރު 2:15 ހާއިރު ކަމަށާއި ނަމަވެސް އެކަން ކަރެކްޝަނުން އާއިލާއަށް އެންގީ ދެ ގަޑިއިރު ފަހުން 4:30 ގައި ކަމަށް އާއިލާއިން ބުނެއެވެ.

ޖަލުގައި ޤައިދީން މަރުވުމަކީ ފަހަކަށް އައިސް މަދުން ނަމަވެސް ހިނގާ ކަމެކެވެ. އެފަދަ ކޮންމެ ހާދިސާއެއްގައި ސުވާލުތައް އުފެދޭ ކަމުގައި ގިނަ ބަޔަކު ބުނަމުންދެއެވެ.