Last Updated: June 28, 04:05
Saturday, June 27, 2026
ޚަބަރު

ފޮތި ގަރާޖް: ބޭނުން ވައްތަރެއްގެ ފޮތި ލިބޭނެ

"ފޮތި ގަރާޖް" ގެ ނަމުގައި ފޭދޫގައި އަންހެނުންނަށް ހާއްސަ ފިހާރައެއް ހުޅުވައިފި އެވެ.

ލިންކް ރޯޑްގައި ހުޅުވި މި ފިހާރަ ހުންނަނީ ކުރިން ކައުންޓް ލައިން ފޭދޫ ފިހާރަ ހިންގި އިމާރާތް ހުރި ބްލޮކްގަ އެވެ. މިތަނުން އަންހެނުންގެ ހެދުން ފަހަން ބޭނުން ކުރާ މި ޒަމާނުގެ އެންމެ ފަހުގެ ރީތި ފޮތި ލިބޭނެ އެވެ.

"ފޮތި ގަރާޖް" އިން ބުނާ ގޮތުގައި އެތަނުގެ އަގުތައް ހުންނާނީ ހުރިހާ ފަންތިއެއްގެ އަންހެންވެރިން ވެސް އަތްފޯރާ އަގުގަ އެވެ.

ފޮތީގެ އިތުރުން ފެހުމަށް ބޭނުން ކުރާ ގިނަ ބާވްތަތަކެއް ވެސް މިތަނުން ލިބެން ހުންނާނެ އެވެ.

"ފޮތި ގަރާޖް" ހުޅުވުމާ ދިމާކޮށް ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. އެގޮތުން ވިޔަފާރި ކުރާ ފަރާތްތަކަށް 65 އިންޗީގެ ޓީވީއެއް ލިބޭ ލަކީ ޑްރޯއެއް މިހާރު އަންނަނީ ކުރިއަށް ގެންދަމުންނެވެ.

ގުރުލުން އޮންނާނީ ޖުލައި 26 ގަ އެވެ.