Last Updated: July 12, 14:13
Sunday, July 12, 2026
ޚަބަރު

ގާޒީ ނަޖީބު ޢުމްރާއަކަށް ވަޑައިގަންނަވަނީ

ކްރިމިނަލް ކޯޓުގެ ގާޒީ ޙަސަން ނަޖީބު ރޯދަމަހުގެ ފަހު ދިހައެއްގައި ޢުމްރާއަކަށް ވަޑައިގަންނަވާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގާޒީ ނަޖީބު ޢުމްރާއަށް ވަޑައިގަތުމަށް މިމަހުގެ 5 ވަނަ ދުވަހު ފުރާވަޑައިގަންނަވާނެއެވެ.

ގއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަން ވެސް ކުރެއްވި ނަޖީބު ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރެއްވީ މެއި މަހުގެ 1 ވަނަ ދުވަހުއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަމުން ގެންދަވަނީ ވެސް ގާޒީ ނަޖީބެވެ.