އައްޑޫގެ ރެސްޓޯރަންޓްތަކުގެ އިފްތާރު މެނޫތައް ގިނަކަމުން ބައެއް މީހުންނަށް ދާނެ ތަނެއް ނިންމަން މިހާރު ފަސޭހައެއް ނޫނެވެ. އެކަމަކު ފޭދޫ "ޓެޓްސޯ" ރެސްޓޯރަންޓްގެ ރޯދަ މެނޫ މި ފަހަރު ކޮންމެހެން ވެސް ތަޖުރިބާކޮށްލަން ވާނެ އެވެ.
އެތަނުން ވަނީ ހަތަރު މެނޫއެއް ރޯދަ ވީއްލަން ތައާރަފުކޮށް އެވެ. ބޮޑު ތިން މެނޫއެއްގެ އަގު ހަމަ އެއްވަރެވެ. އެއީ ބޮލަކަށް 160ރ. އެވެ.
ދެން އޮތީ ހާއްސަ މެނޫއެކެވެ. ވަރަށް ލިމިޓެޑް ބާވަތްތަތަކާ އެކު އެ މެނޫގެ އަގު އުޅެނީ ބޮލަކަށް 99ރ. އަށެވެ. މިއީ ކުޑަ ގޮތަކަށް ރޯދަ ވީއްލުން ހަމަޖައްސައިލަން ބޭނުންވާ މީހުންނަށް ފުދޭނެ މެނޫއެކެވެ.
"ޓެޓްސޯ" ގެ މައި ތިން މެނޫ ބަހާލައިފައި ވަނީ ހަފުތާގެ އެކި ދުވަސްތަކަށެވެ.
ރޯދަ ވީއްލުމަކަށް އޯޑަރު ދޭ ނަމަ މެންދުރު ފަހު 2:30 ގެ ކުރިން އަންގައިލަން ވާނެ އެވެ. ނަމްބަރުތަކަކީ 7433304، 7699104 އަދި 7714814 އެވެ.