ރޯދަ މަސް މިހާރު ނިމުމަކާ ކައިރިވެ، އީދު ބަންދާ ކުރިމަތިލާން ކައިރިވަމުން އަންނަ އިރު، ގަމުގެ އީކްއޭޓާ ވިލެޖުން މި ފަހަރު ވެސް އީދު ހޮލިޑޭޭ އަށް ޕެޖެކްތަކެއް ތައާރަފުކޮށްފި އެވެ.
އެތަނުން ބުނި ގޮތުގައި މި ފަހަރު ހިމެނެނީ ދެ ޕެކެޖެކެވެ. އެއީ 79 ޑޮލަރަށް ލިބޭ ހާފް ބޯޑާއި 130 ޑޮލަރަށް ލިބޭ ފުލް ބޯޑް ޕްލަސް އެވެ.
އީކްއޭޓާ އިން ބުނި ގޮތުގައި ކޮންމެ އަހަރެއްގެ އީދު ބަންދާ ދިމާކޮށް އެތަނުގައި ޗުއްޓީ ހަދާލަން އަންނަ މީހުން ގިނަ އެވެ. އަދި ޑިމާންޑް ބޮޑުވެގެން ދެ އެވެ. އެހެންވެ ދުރާލައި ބުކްކޮށްލުމަކީ އެންމެ ރަނގަޅު ގޮތެވެ.
އިތުރު މައުލޫމާތު އެތަނުގެ ނަމްބަރު 6899000 އަށް ގުޅައިގެން ހޯދޭނެ އެވެ.