ރ އުނގޫފާރުގައި ނިދާފައި އޮތް ތިންމަހުގެ ކުޑަ އަންހެން ކުއްޖަކު އެނދުން ވެއްޓި ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
މިހާދިސާއާއި ގުޅޭގޮތުން މައުލޫމާތު ދެއްވަވުމުން އުނގޫފާރު ކައުންސިލް އިދާރާގެ ރައީސް އަބްދުއް ނާސިރު އަލީ ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމުގައި ބެލެވެނީ އެ ކުއްޖާ ނިދާފައި އޮތް އެނދާއި ގޮދަޑިއާ ދޭތެރޭގައި ހުސްކޮށް އޮންނަ ދޭތެރެއަށް ވެއްޓި ނޭވާ ހާސްވެގެން ކަމަށެވެ.
އަދި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް އޭނާ މައުލޫމާތު ދެއެވެ.
މިހާދިސާ ހިނގިވަގުތު އެކުއްޖާ ނިންދެވުމަށް ފަހު މައިންބަފައިން އުޅުނީ ގޭތެރޭގައި ކަމަށާއި އަދި 20 ވަރަކަށް މިނެޓް ފަހުން އައިސް ބެލިއިއިރު ކުއްޖާއޮތީ އެދޭތެރެއަށް ވެއްޓި މަރުވެފައި ކަމަށް ނާސިރު ވިދާޅުވިއެވެ. .
މި މައްސަލަ މިހާރު ގެންދަނީ އުނގޫފާރު ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުންނެވެ.