ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން، ކުރީގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ނައީމް (މޮނާޒާ ނައީމް) ހޯދަން އަނެއްކާވެސް ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން ނެރެފައިވާ އަމުރަކާއި ގުޅިގެން ނައީމް ހޯދައި މިމަހުގެ ހަތަރު ވަނަ ދުވަހުގެ 12:00 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ވަނީ އަންގާފައެވެ.
ނައީމުއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އާ އެމައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ނައީމް ހޯދުމަށް މީގެ ކުރިންވެސް ތަފާތު ފަހަރު މަތިން ފުލުހުން އިއްލާންކޮށްފައިވެއެވެ.