Last Updated: June 13, 11:19
Saturday, June 13, 2026
ޚަބަރު

ފްލެޓް ފޯމުތައް ބަލައި ގަންނަން ފަށައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނަން ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ ފޯމުތައް މިއަދު ހެނދުނު 10 އިން ފެށިގެން ބަލައިގަންނަން ފަށާފައިވާ ކަމަށެވެ.

ނިސްޓްރީން ވަނީ ފޯމް ބަލައިގަތުމަށް ދޫކުރާ ކިއު ނަންބަރު ދޫކުރާގޮތަށް ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން ފޯމް ބަލައިގަތުމަށް ދޫކުރާ ކިއު ނަންބަރު ދޫކުރަމުންދަނީ "ކިއުބީ" މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.

ފޯމު ބަލައިގަތުމަށް ދޫކުރާ ކިއު ނަންބަރު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ނުނެގޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ދަރުބާރުގޭގައި 21 ކައުންޓަރު ބަހައްޓާފައިވާއިރު އެންމެ ބާރުބޮޑު 4 ކެޓަގަރީއަށް ޚާއްސަކޮށްގެން ކޮންމެ ކެޓަގަރީއަކަށް 3 ކައުންޓަރުވެސް ބަހައްޓާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.

ފޯމު ބަލައިގަތުން އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާއިރު ރަމަޟާން މަހު ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ހެނދުނު 10:30 ން 1:00 އަށް އަދި ރޭގަނޑު 9:00 ން 11:00 އަށް ފޯމްތައް ބަލައިގަންނާނެއެވެ.

ހުޅުމާލޭގައި ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއު، "ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 7000 ފްލެޓް އިމާރާތް ކުރަން ވަނީ ނިންމައިފަ އެވެ. މި ފްލެޓްތަކަށް އެދި 40،000 ވުރެ ގިނަ ފޯމުވަނީ ނަގާފައެވެ.