ކުރީގެ ޑެޕިއުޓީ ކަމިޝްނާ އޮފް ޕޮލިސް އަހުމަދު ސައުދީ، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖައްސަވައިފިއެވެ.
ސައުދީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖެއްސިކަން ރައީސް އޮފީހުން އަދި ހާމަކޮށްފައި ނުވެއެވެ. ނަމަވެސް ޔޫތު މިނިސްޓްރީން ސައުދީ ހަމަޖެއްސިކަން ކަށަވަރުކޮށްދެއެވެ.
ފެބްރުއަރީ 1 ވަނަ ދުވަހު ސުޕުރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް މަސައްކަތް ކުރެއްވުމާއި ގުޅިގެން އޭރުގެ ކަމިޝްނާ އޮފް ޕޮލިސް އަހުމަދު އަރީފު މަގާމުން ވަކޮކޮށް އެމާގަށް ސައުދީ ހަމަޖެއްސިއެވެ. ނަމަވެސް ކުޑަ އިރުކޮޅެއް ފަހުން ސައުދީވެސް މަގާމުން ވަކިކޮށް އަދި، ފުލުހުންގެ އިސް މަގާމުތަކަށް ގެނައި ބަދަލާއި ގުޅިގެން ފުލުހުންގެ ވަޒީފާއިން ވަކި ކުރިއެވެ.