Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

"ސްކައިޕުން ކަންބޮޑުވުންތައް ހައްލެއް ނުކުރެވޭނެ"

ދިވެހިރާއްޖޭގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ބޭރު ކަރައެއްގައި ހުރެގެން ކޮށްލާ ސްކައިޕް ކޯލަކުން ހައްލު ނުގެނެވޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ފަރާތުން އަތޮޅު ތެރެއަށް ކުރި ދަތުރަކާ ބެހޭ ގޮތުން މީޑިޔާއަކަށް މައުލޫމާތު ދެއްވަމުންނެވެ.

ދުވަހު ނޫސް "ސަން" އަށް ދެއްވި އިންޓަވިއުގައި އަދުރޭ ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ކަންބޮޑުވުން ތަކަށް ހައްލު ގެނެވޭނީ ބޭރު ކަރައެއްގައި ހުރެގެން ކޮށްލާ ސްކައިޕް ކޯލަކުންކަން ގަބޫލުކުރުމަކީ ކޮށި ވިސްނުމެއް ކަމަށެވެ.

ބެލެވޭ ގޮތުގައި އަދުރޭ ނުސީދާ ގޮތެއްގައި ފާޑުވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. އެމަނިކުފާނު ގެންދަވަނީ ރާއްޖެއިން ބޭރުގައި ހުންނަވައި ސްކައިޕް މެދުވެރިކޮށް އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރައްވަމުންނެވެ.

އަދުރޭ ވިދާޅުވި ގޮތުގައި "ސްކައިޕް އަދި ވަޓްސްއެޕް މެދުވެރިކޮށް ރައްޔިތުންގެ ހާލު ނުބެލޭނެ" ކަމަށެވެ. އަދި ރައްޔިތުންގެ ހާލުރައްޔިތުންގެ ގާތަށް ގޮސްގެން ކަމަށާއި ޕީޕީޢެމުން ކުރަމުން ދަނީ އެމަަސައްކަތް ކަމަށް އަދުރޭ ވިދާޅުވިއެވެ.