ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން އައްޑޫގައި ގާއިމުކޮށް މިހާރު ހުޅުވަން ތައްޔާރުވަމުން އަންނަ ފިޝަރީޒް ކޮމްޕްލެކްސްގެ ވަޒީފާތަކަށް މީހުން ހޯދުމުގެ މަސައްކަތް އެ ކުންފުނުން ފަށައިފި އެވެ.
މިފްކޯ އިން ބުނި ގޮތުގައި ހުޅުމީދޫގައި ހަދާފައިވާ ފިޝަރީޒް ކޮމްޕްލްކެސްގައި ހުރި ވަޒީފާތަކާ މައުލޫމާތު ދިނުމަށް މި މަހުގެ ތެރޭހައި އައްޑު އާއި ފުވައްމުލަކުގައި އޯޕަން ޑޭތަކެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން ހުޅުމީދޫގައި އޯޕަން ޑޭ އޮންނާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. ހިތަދޫގައި މި މަހުގެ 21 ވަނަ ދުވަހު އޯޕަން ޑޭ ބާއްވާ އިރު، ފުވައްމުލަކުގައި ކުރިއަށް ދާނީ މި މަހުގެ 22 ވަނަ ދުވަހު އެވެ.
މިފްކޯ އިން ބުނި ގޮތުގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ހުރި ވަޒީފާތަކުގެ ތެރޭގައި އެޑްމިނިސްޓްރޭޓިވް، އެކައުންޓެންޓްސް، ޓެކްނިކަލް ދާއިރާތައް، ކޮލިޓީ ކޮންޓްރޯލްގެ އިތުރުން ވެސް ގިނަ ދާއިރާތައް ހިމެނެ އެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު 3323932 އިންނާއި 330 އަށް ގުޅައިގެން ހޯދޭނެ އެވެ.
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ މި ސަރުކާރުން 2014 ގައި އިފުތިތާހު ކުރި މަޝްރޫއެކެވެ. އެކަމަކު އެތަނުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފެށުނީ 2016 ގަ އެވެ.
MIFCO ge CEO Adly Ismail Addu Fisheries Complex Project kuriyah dhaagoiy bahlavi lehvumah Addu Complex ah ziyaaraiy kurahvaifi. pic.twitter.com/T7luOKPsKU
— Abdulla Rasheed (@adduradhun) April 16, 2018
އެ ފެކްޓަރީގައި 1،500 މެޓްރިކްޓަންގެ ކޯލްޑް ސްޓޯރޭޖަކާއި 100 މެޓްރިކްޓަން ބްރައިން ފްރީޒް ކުރުމުގެ ގާބިލްކަން ހުންނާނެ ކަމަށް މިފްކޯ އިން ބުނެފައިވެ އެވެ.
ފަންސާސް ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލްކަމާއި 100 ޓަނުގެ ސްޓޯރޭޖެއްގެ އިތުރުން 200 ޓަނުގެ ޑީސަލް ސްޓޯރޭޖަކާއި 250 ޓަނުގެ ފްރެޝް ވޯޓަ ސްޓޯރޭޖެއްގެ ހުންނަ މި ފެކްޓްރީ ރަސްމީކޮށް ހުޅުވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.